އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރައިފި

އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ. މިރޭ މިހައިތަނަށްވެސް އެމެރިކާގައި 17515 މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. މަރުވީ މީހުންގެ އަދަދު މިހާރު އޮތީ 56495 ގައެވެ.

މިހާރުގެ ހިސާބުތަކަށް ބަލާއިރު ދުވާލަކު އެންމެ ގިނަ މީހުންނަށް ބަލި ޖެހެނީވެސް އަދި އެންމެ ގިނަ މީހުން މަރުވަނީވެސް އެމެރިކާގައެވެ. މިއަދު މިހައި ތަނަށް 1082 މީހުން މަރުވެއްޖެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ފަސޭހަ ވެފައި ވަނީ 137591 މީހުންނެވެ. ހާލުދެރަކޮށް ތިބީ 14175 މީހުންނެވެ.

އެމެރިކާގައި މިހައިތަނަށް ވަނީ ފަސް މިލިއަނަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ހުރީ ތިން މިލިއަނުން މަތީގައެވެ. އެމެރިކާގައި ބަލި ޖެހުނު މީހުންނަކީ މުޅި ދުނިޔޭގައި ބަލި ޖެހުނު މީހުންގެ ތިންބައިކުޅަ އެއްބައެވެ. ވަކި ސިޓީތަކަށް ބަލާއިރު އެމެރިކާގައި އަދިވެސް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހެނީ ނިވް ޔޯރކްގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.