ބަންގްލާދޭޝްގެ ވެރިރަށް ޑާކާ ކައިރީގެ އަވަށެއްގެ މިިސްކިތެއްގެ އެއާ ކޮންޑިޝަނާ (އޭސީ) ގޮަވުމުގެ ސަބަބުން ކުއްޖަކު ޒަޚަމްވެ 12 މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި 7 އަހަރުގެ ފިރިހެން ކުއްޖަކުވެސް ހިމެެނެއެވެ.
ނާރަޔަންގަންޖްގެ ޕޮލިސް ޗީފް ޒައިދުލް ޢާލަމް ވިދާާޅުވި ގޮތުގައި އެއަަވަށުގެ ސަދަރް އުޕަޒިލާގައި ހުންނަ ބައިތުއްޞަލާތި ޖާމިއާ މަސްޖިދުގައި ރޭ އިޝާ ނަމާދަށް ތިއްބައި މިސްކިތު ދަށުގައި އޮތް ގޭސް ހޮޅިއަކުން ގޭސް ބޭރުވުމުގެ ސަބަބުން މިސްކިތުގައި ހުރި 8 އޭސީވެސް ވަނީ ގޮވައިފައެވެ.
ގޮވުމުގެ ހާދިސާގައި ފިހުނު 39 މީހަކަށް ވެރިރަށް ޑާކާގެ ޝޭޚް ހަސީނާ އިންސްޓިޓިއުޓް އޮފް ބާންސް އެންޑް ޕްލާސްޓިކް ސާޖަރީއަށް ގެންދިޔައިރުވެސް ގިނަ މީހުން ހާލު ދެރަަ ކަމަށްވެއެވެ. ގެންދިޔަ މީހުންގެ ތެރޭން އެންމެ ފުރަަތަމަ މަރުވީ ހަށިގަނޑުގެ %95 ފިހިފައިވާ ހަތް އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައެވެ.
އެ އިންސްޓިޓިއުޓްގެ ކޯޑިނޭޓަރު ޑރ. ސަމަންތާ ލާލް ސެން ވިދާޅުވެފައިވާ ގޮތުގައި ގިނަ މީހުންގެ ހަށިގަނޑު ބޮޑު ބައެއް ފިހިފައި ވާތީ ގެންދިޔައިރުވެސް އެމީހުންގެ ހާލު ވަަރަށް ދެރައެެވެ. މިއަދު ހެނދުނު އޭގެތެެރޭން 11 މީހަކު ވަނީ މަރުވެފައެވެ.
"މިސްކިތުގެ ދަށުން ޓިޓާސް (ދަ ގޭސް ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ކޮމްޕެނީ) ގެ ގޭސް ހޮޅިގެން މިސްކިތުގެ ދަށުން އޮވޭ. އަަހަރުމެންނަށް ލަފާކުރެވޭ ގޮތުގައި އެ ގޭސް ހޮޅިން ގޭސް ބޭރުވެ، ކުޑަދޮރުތައް ލައްޕާފައި ހުރުމުން މިސްކިތުގެ ތެރެއަށް ގޭސް ޖަމާވެފައި ހުރީ. ދެން އޭސީތައް ޖެއްސުމުން، އެއިން އެރި އަލިފާން ކަންޏަކުން ގޭހުގައި ރޯވީ." ނާރަޔަންގަންޖް ފަޔާ ސާވިސް އެންޑް ސިވިލް ޑިފެންސްގެ އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުޑް އަލްއާރިފީން ވިދާޅުވިއެވެ.
މިސްކިތަަށް ނަމާދަށް ދިޔަ މީހަކު ކިޔައި ދިން ގޮތުގައި އިމާމު މިހާ ނަމާދަށް ފެށިތަނާ މިސްކިތުން ކަރަންޓު ދިޔައެވެ، އޭރު މިސްކިތުގައި ސަތޭކި ވިއްސަކަަށް މީހުން ނަމާދަށް ތިބޭނެއެވެ. ދެން ޖަމާއަތް ނިމިގެން އޭގެތެރޭން 80 ވަރަކަށް މީހުން ސުންނަތްކުރަން މިސްކިތުގައި މަޑުކޮށްގެން ތިއްބާ ކަރަންޓު އައުމާއެކު މިސްކިތުގައި ހުރި 8 އޭސީ އެކުގައި ގޮވީއެވެ.