ކޯވިޑް-19: މިއަދު ބަލިޖެހުނީ 109 މީހަކަށް

ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވް ވީ 109 މީހުންނެވެ، މިއަދުވެސް ގިނައިން ބަލިޖެހިފައިވަނީ ދިވެހިންނަށެވެ.

ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރު 7578 އަށް އަރާފައިވާއިރު 4925 މިހަކު ބަލިން ރަނގަޅުވެފައިވެއެވެ. ބަލިން ފަސޭހަނުވެ 2619 މީހުން އެބަތިއްބެވެ. މިހާތަނަށް 28 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

މިއަދު ބަލިޖެހުނު މީހުންގެ ތެރެއިން 3 މީހަކު ފިޔަވައި ހުރިހާ އެންމެންނަކީ ވެސް މާލެ ސަރަހައްދުން ބަލިޖެހުނު މީހުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.