ކޮންމެހެން ބޭނުންވާ ބޭސްތައް މާލެއާއި ހުޅުމާލޭގެ ގޭގެއަށް ފޮނުވައިދެނީ

ދާއިމީ ބަލިތަކަށް ނުވަތަ ކޮންމެހެން ކާންޖެހޭ ބޭސްތައް ބޭނުންވާ ފަރާތްތަކަށް އެ ބޭސް ފޮނުވައިދިނުމުގެ ޚިދުމަތް އެސްޓީއޯއިން ފަށައިފިއެވެ.

އެސްޓީއޯއިން މި މަސައްކަތް ފަށާފައިވަނީ ކޯވިޑް އޮޕަރޭޝަންގައި ހަރަކާތްތެރިވާ އެހެން ކޮމާންޑް ސެންޓަރުތަކާއި ގުޅިގެންނެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބޭސް ސިޓީތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށް އެކުންފުނިން ޚިދުމަތް ފޯރުކޮށްދެމުން ގެންދާނެއެވެ. 

އެ ޚދުމަތް ބޭނުންވާ ފަރާތްތަކުން ތިން މަސް ހަމަނުވާ ބޭސް ސިޓީގެ ފޮޓޯއާއި ބަލިމީހާގެ އައިޑީ ކާޑުގެ ފޮޓޯ އާއި ބޭސް ފޮނުވަންވީ އެޑްރެސް އަދި ގުޅަންވީ ފަރާތުގެ މައުލޫމާތު ވައިބަރ މެދުވެރިކޮށް ފޮނުވުމަށް އެކުންފުނިން އެދެއެވެ. މާލޭގައި ދިރިއުޅޭ ފަރާތްތަކުން (ވައިބަރ) މެސެޖުކުރާނީ 7922035 އަށެވެ. ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން (ވައިބަރ) 7291120 އަށެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.