ކޯވިޑް-19: މިއަދު 194 މީހުން ޕޮޒިޓިވް

ކޯވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 194 އެވެ. މިއީ މިހައިތަނަށް ރާއްޖޭގެ ރެކޯޑެވެ. މި އަދަދުގެ ތެރެއިން 167 މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ބަނގްލާދޭޝް 16 މީހުންނާއި އިންޑިއާގެ 7 މީހުންނާއި ސްރީލަންކާ މީހަކާއި ނޭޕާލު މީހަކާއި ތައިލެންޑް މީހަކާއި އިޓަލީ މީހެކެވެ.

މިއަދު ބަލި ޖެހުނު މީހުންނާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 6564 އަށް އެރީއެވެ. މި 6564 މީހުންގެ ތެރެއިން 4012 މީހުން ވަނީ ރަނގަޅު ވެފައެވެ. މި ވަގުތު ބަލީގައި ދެމިތިބީ 2527 މީހުންނެވެ. އެމީހުންގެ ތެރެއިން 1398 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. 166 މީހުން ތިބީ ހަސްފަތާލުގައެވެ.

މިހައިތަނަށް ރާއްޖެއިން ކޯވިޑް-19 ގައި މަރުވެފައި ވަނީ 25 މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.