ކޯވިޑް-19: މިއަދު 78 މީހަކު ޕޮޒިޓިވް

މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވީ 78 މީހެކެވެ. މިއީ މިއަދު އިރު އޮއްސި 6 ޖެހުމާ ހަމައަށް ޕޮޒިޓިވް ވި މީހުންގެ އަދަދެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެއްސަކާއި، ބަންގްލަދޭޝްގެ 25 މީހަކާއި، އިންޑިއާގެ 4 މީހަކާއި ނޭޕާލުގެ މީހަކާއި ލަންކާގެ ދެ މީހެކެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 74 މީހުންނަކީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. ރަށްރަށުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 4 މީހެކެވެ.

ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު އުޅެނީ 5572 ގައެވެ. 3010 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު މިހާތަނަށް 22 މީހަކު މި ބަލީގައި ނިޔާވެފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.