ކޯވިޑަށް ޓެސްޓްކުރި 14 ސަތޭކައަށްވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ޢަދަދު 53 ގައި

އިއްޔެގެ ހަޔަކާއި ހަމައަށް 24 ގަޑިއިރު ކޯވިޑް 19 އަށް ޓެސްޓްކުރި 14 ސަތޭކައަށް ވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވި ޢަދަދު އުޅެނީ 53 ގައެވެ. މިއީ މިފަހަކަށް އައިސް ކޯވިޑަށް އެންމެ މަދު ޢަދަދަކަށް މީހުން ޕޮޒިޓިވްވި އިހަށް ދުވަހުއެވެ. އެއީ 31 އެވެ.

އަލަށް ޕޮޒިޓިވް ވި މީހުންނާއެކު މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި ޢަދަދު ވަނީ 10098 އަށް އަރާފައެވެ. އިއްޔެ ޕޮޒިޓިވް 53 މީހުންގެ ތެރޭގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވީ ހަ މީހުންނެވެ. މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 47 މީހުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން އިއްޔެގެ ޢަދަދުގައި ހިމެނެނީ 42 ދިވެހިންނާއި އެގާރަ ބިދޭސީންނެވެ.

މިހާރު މުޅި ރާއްޖޭގެ ޢަދަދު ތަކުގެ ތެރޭގައި ބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު 8847 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1210 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 83 މީހުންނަށެވެ. އައިސޮލޭޝަންގައި 620 މީހަކު އެބަތިއްބެވެ. މިއަދާ ހަމައަށް ރާއްޖެއިން ބައްޔަށް ޓެސްޓް ކުރެވުނު ޢަދަދު ވަނީ 149135 އަށް އަރާފައެވެ. ވޭތުވެ ދިޔަ 24 ގަޑީއިރު ޓެސްޓްކުރި ޢަދަދު އުޅެނީ 1454 ގައެވެ.

އަތޮޅުތަކުގެ 19 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 35 އެވެ. އެއީ 31 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. މިވަގުތު 23 ރިސޯޓެއްގައި 12 ޓޫރިސްޓަކާއި 30 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.