ދެ ދުވަހަށް ފަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 100 އިން މައްޗަށް

ދެ ދުވަހަށް ފަހު ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު 100 އިން މައްޗަށް އަރައިފިއެވެ. ވޭތުވެ ދިޔަ ދެދުވަހުގެ ޢަދަދު 100 އިން ދަށަށް ދިޔައީ މިމަސް ފެށުނުފަހުން ވެސް ޢަދަދުތައް 100 އިން މަތީގައި އުޅުމަށްފަހުއެވެ. 

އެޗްޕީއޭ އިން ހާމަކުރެވި ގޮތުގައި މިއަދު ހައެއް ޖެހުމާ އަށް 24 ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 129 މިހުންނެވެ. އޭގެތެރެއިން އެކަކު ފިޔަވައި ހުރިހާ އެންމެންނަކީ ވެސް މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން އިތުރަށް ޕޮޒިޓިވްވީ އެންމެ މީހެކެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންގެ އިތުރުން ބަނގްލަދޭޝްގެ 26 މީހަކާއި، އިންޑިއާގެ ނުވަ މީހުންނާއި ނޭޕާލު މީހެކެވެ. އަލަށް ބަލި ޖެހުނު މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުލުމަ އަދަދު ވަނީ 4،898 އަށް އަރާފައެވެ.

މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމުލަ ޢަދަދަކީ 2،088 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ 144 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1،481 މީހުންނެވެ ބަލިން ރަނގަޅު ވެފައިވާ މީހުންގެ ޖުމުލަ ޢަދަދަކީ 2،791 އެވެ. މިހާތަނަން 87،632 ސާމްޕަލް ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.