ބިދޭސީން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

ފޮޓޯ: ޑިޕާޓްމަންޓަ އޮފް އިމިގްރޭޝަން

ކޮވިޑް-19 ފެތުރިދާނެތީ އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންމާލޭގައި ދަތި ހާލުގައި އެއް ތަނެއްގައި ބޮނޑިވެގެން ދިރިއުޅޭ ބިދޭސީން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ކޮވިޑް-19 އާ ގުޅުން ހުރި ކަންތައްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ މި މަސައްކަތް ސަރުކާރުން ފަށައިފައިވާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ އެހެން މުއައްސަސާތަކާ ގުޅިގެން އިމިގްރޭޝަން ދިޕާޓްމަންޓުން ހިންގާ މި ޕޮރޮގްރާމު ފަށާފައި ވަނީ މިއަދު ހެނދުނުއެވެ. ބިދޭސީން ރަޖިސްޓަރީ ކުރުމަށް ފަހު ހުޅުމާލެއަށް އުފުލުމުގައި އެމްއެންޑީއެފުންވެސް ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.