މިއަދު ގެނބިގެން މަރުވި މީހާ ކޯވިޑަށް ޕޮޒިޓިވް 

މިއަދު ހުޅުމާލޭގައި ގެންބިގެން މަރުވީ މީހާ ކޯވިޑަށް ޕޮޒިޓިވް ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީގޮތުގައި ގެންބިގެން މަރުވި ކަމުގައި ވީނަމަވެސް އެއީ ކޯވިޑް މަރެއް ނޫން ކަމުގައެވެ. އެމީހާގެ މަރުގެ އަސްލަކީ ގެނބުން ކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު މެންދުރު ހުޅުމާލޭ ފަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރިއުޅެނިކޮށް އަކުނިވަޔަށް ދަމައިގަނެ ހާލިދެރަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

މަރުވި މީހާގެ އުމުރަކީ 27 އަހަރެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.