ކޯވިޑް ކޭސްތައް އިތުރުވެ އަލަށް ޕޮޒިޓިވްވި ޢަދަދު 100 އިންމަތީގައި

ކޯވިޑް ކޭސްތައް އިތުރުވެ އެއްދުވަސް ތެރެގައި އަލަށް ޕޮޒިޓިވްވި ޢަދަދު 100 އިންމަތިވެއްޖެއެވެ. 

ހެލްތު ޕްރޮޓެކަޝަން އެޖެންސީ ( އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކާގޮތުން މިއަދު ހައެއް ޖެހުމާ ހަމައަށް 24 ގަޑިއިރު ތެރޭގައި 110 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ދިވެހިންނަށް ވުރެ ބިދޭސީންގެ ޢަދަދު އިތުރުވެ. އެއީ 79 ބިދޭސީންނާއި 31 ދިވެހިންނެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 12،314 އެކެވެ. މިއަދުގެ ޢަދަދުގެ ތެރެއިން 24 މީހުންނަކީ އަތޮޅުތަކާއި ރިސޯރޓްތަކުން  ބައްޔަށް އަލަށް ޕޮޒޮޓިވްވި މީހުންނެވެ.  މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 86 އެވެ.

ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 11،316 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 947  މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 59 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 277 މީހުންނެވެ.  ވޭތުވެ ދިޔަ 24 ގަޑިއިރު ކޯވިޑަށް ޓެސްޓް ކުރި ޢަދަދަކީ 1،828 އެވެ.

މިހާރު އަތޮޅުތަކުގެ 10 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 14 މީހުންނެވެ.  އެއީ ތިން ދިވެހިންނާއި 11 ބިދޭސީންނެވެ. މިވަގުތު 26 ރިސޯޓެއްގައި 52 ޓޫރިސްޓަކާއި 108 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.

ޢަދަދު ތައް ގިނަވާން ފަށައިފައި ވަނީ ދުވާލަކަށް ބަލި ޖެހޭ ޢަދަދު  30 އިން ދަށުގައި ދުވަސް ތަކެއް ވަން ދެން ހުރުމަށްފަހު އެވެ. އިއްޔެ އަލަށް ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ 50 މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.