މިއަދު 74 މީހުން ޕޮޒިޓިވް - ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަނީ

މިއަދު 74 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ދިވެހިންގެ ޢަދަދު 44  އަށް އަރައިފިއެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 70 މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މަލޭ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވީ ހަތަރު މީހުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންގެ އިތުރުން ބަނގްލަދޭޝްގެ 19 މީހަކާއި، އިންޑިއާގެ އަށް މީހުންނާއި ސްރީލަންކާ މީހަކާއި ނޭޕާލު މީހަކާއި ޕިލިޕީންސް މީހެކެވެ.

އަލަށް ބަލި ޖެހުނު މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުލުމަ އަދަދު ވަނީ 3،793 އަށް އަރާފައެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އަށް  ރަށަކާއި އެއް ރިސޯރޓްގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. ނަމަވެސް ހުރިހާ ރަށެއްގެ ޖުމުލަ ޢަދަދެއް ހާމައެއް ނުކުރައްވައެވެ. ކޮވިޑަށް ޕޮޒިޓިވްވެ ބަލިޖެހިފައިވާ މީހުންތިބި ރަށްތަކަކީ ހއ. ކެލަޔާއި ރ. އުނގޫފާރާއ ބ. އޭދަފުށްޓާއި ކަމަދުއާއި ޅ. ކުރެންދުއާއި ހިންނަވަރާއި ކ. މާފުށްޓާއި ވ. ފުލިދޫގެ އިތުރުން ރިސޯޓެއް ކަމަށްވާ ބ. ސީސައިޑް ފިނޮޅެވެ.

މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމުލަ ޢަދަދަކީ 1،155 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ 65 މީހުންނަށެވެ. މިހާތަނަށް ބަލީގައި މަރުވެފައި ވަނީ  16 މީހުންނެވެ. ބަލިން ރަނގަޅު ވެފައިވާ މީހުންގެ ޖުމުލަ ޢަދަދަކީ 2،607 އެވެ. މިހާތަނަން 78،900 ސާމްޕަލް ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ.   

އަތޮޅު ތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހއ. ކެލައިން 10 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ އެރަށުގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނާއި ނުވަ ފަޅުވެރިންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.