މިރޭގެ މުޒާހަރާ ތެރެއިން ފުލުހުން ގަޔަށް ހައްޕުނޑު ޖަހައިފި

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ގަޔަށް ހައްޕުނޑު ޖަހައިފިއެވެ.

ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި މުޒާހަރާގެ ބައިވެރިއަކު ހައްޕުނޑު ޖަހާފައިވަނީ އެ ސަރަހައްދުގައި އިސް ސަފުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުހެއްގެ ގަޔަށެވެ. މިއީ ނާތަހުޒީބު އަމަލެއް ކަމަށާއި މިކަން ކުރި މީހަކު ހޯދައި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މިދުވަސްވަރަކީ މާލޭގައި ހަލުވި ކަމާއެކު ކޯވިޑް ފެތުރެމުންދާ ދުވަސްވަރެއް ކަން ފާހަގަކުރައްވައި، މިއަދަކީ ދިވެހީންގެ ތެރެއިން އެންމެ ގިނަ ދިވެހީންނަށް ބަލި ޖެހުން ދުވަސްކަން ވެސް ކޮމިޝަނަރ ގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ.

ނޭފަތާއި އަނގައިން ބޭރުވާ "ޑްރޮޕްލެޓްސް" ނުވަތަ ތިކިތަކުން ކޯވިޑް-19 ފެތުރޭކަން ސިއްހީ އިދާރާތަކުން ދަނީ ކެނޑީނޭޅި ހަނދާން ކޮށްދެމުންނެވެ. އަދި އެޗްޕީއޭގެ އިރުޝާދުތަކަށް ތަބާވުމަށް ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން ގެންދަނީ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.