ރޭގެ ހަމަނުޖެހުމާ ގުޅިގެން 22 ބިދޭސީން ހައްޔަރުކޮށްފި

ވ. އަތޮޅުގައި ރިސޯޓެއް ހަދާ ރަށެއްގައި ރޭ ހިންގި ހަމަނުޖެހުމާ ގުޅިގެން 22 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕުގައި ހާމަކޮށްފައިވާ ގޮތުގައި މި 22 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ރޭ ހިންގި ހަމަނުޖެހުމުގައި މީހަކަށް އަނިޔާއެއް ނުވެއެވެ. އެކަމަކު މަސައްކަތު މީހުންގެ ސުޕަވައިޒަރުގެ ކޮޓަރިއަށް ގެއްލުން ކޮށްފައިވެއެވެ.

މިއީ ބިދޭސީން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުމެކެވެ. ހަމަނުޖެހުން ހިނގީ ކޮން ރަށެއްގައި ކަމެއް އަދިވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ފަހަކަށް އައިސް މުސާރައާއި ކެއުމާއި ބައެއް އެހެން މައްސަލަތަކުގައި ބިދޭސީން މުޒާހަރާ ކުރުމާއި އިހުތިޖާޖު ކުރުން ރާއްޖޭގައި ދަނީ ފެތުރެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.