ގަވާއިދާ ޚިލާފަށް އައްޑޫގައި އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް މިއަދު ފަށަނީ

ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ގަވައިދުގެ ތެރެއަށް އެނބުރިއައުމަށް ބޭނުންވާ ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިއަދު އެޕޮއިންޓްމަންޓު ދޫކުރަން ފަށާނެ ކަމަށް އައްޑޫ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ.

އެޕޮއިންޓްމަންޓް ދޫކުރުން އޮންނާނީ ޖެނުއަރީ 13 އިން 15 އަށެވެ. އެ ތިންދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކައުންސިލް އިދާރާއިން އެޕޮއިންޓްމަންޓް ދޫކުރާނެއެވެ.

މިއީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް ހިންގާ ޕްރޮގްރާމެކެވެ. "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް" ގެ ނަމުގައި މި ޕްރޮގްރާމް ހިންގަނީ މިނިސްޓްރި އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުންނެވެ.

އައްޑޫސިޓީގައި ވެސް ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުން ގެންދެއެވެ. އޭގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ މީހުންވެސް ވަރަށްގިނަ ކަމަށްވަނީ ބެލެވިފައެވެ. މި ޕްރޮގްރާމުގެ ސަބަބުން މިމައްސަލަ ހައްލުވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.