މިއަދު ކޯވިޑް ޖެހުނީ 17 މީހުންނަށް

މިއަދު ކޯވިޑަށް ޕޮޒިޓިވް ވީ 17 މީހުންނެވެ. އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިއީ މިއަދު ހަވީރު ހަޔެއް ޖެހުމާ ހަމައަށް ބަލިޖެހުނު މީހުންގެ އަދަދެވެ. މިއަދުވެސް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެއީ 13 މީހެކެވެ. މީގެ އިތުރަށް ބަނގްލަދޭޝްގެ 3 މީހަކާއި ލަންކާ މީހަކުވެސް މިއަދު ޕޮޒިޓިވް ވެފައިވެއެވެ. 

މިހާތަނަށް ރާއްޖެއިް 2،930 މީހަކަށް ކޯވިޑް ޖެހިފައިވާ އިރު 2354 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިޖެހިފައިތިބީ 546 މީހެކެވެ. މި ބަލިގައި 15 މީހަކު ވަނީ ނިޔާވެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.