ކޯވިޑް-19: މިއަދުވެސް 106 މީހުންނަށް ބަލި ޖެހިއްޖެ - 79 ދިވެހިން

މިއަދު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވީ 106 މީހެކެވެ. މިއަދު ބަލި ޖެހުނު މީހުންގެ ތެރެއިން 99 މީހުންނަކީ މާޅެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. އަދި ރަށްރަށުން 7 މީހަކު ޕޮޒިޓިވް ވިއެވެ.

މިއަދު ބަލިޖެހުނު މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހީންނެވެ. އެއީ 79 ދިވެހީންނާއި 27 ބިދޭސީންނެވެ. ދެވަނައަށް އެންމެ ގިނައިން ބަލި ޖެހުނީ އެހެން ދުވަސްދުވަހެކޭ އެއްފަދައިން ބަނގްލޤދޭޝީންނަށެވެ. އެއީ 21 މީހުންނަށެވެ. ރާއްޖެއިން ޖުމުލަ 5785 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ އިރު މީގެ ތެރެއިން 2414 މީހުން ބަލިޖެހިފައި އެބަތިއްބެވެ. މީގެ ތެރެއިން 146 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެކަހެރި މަރުކަޒުތަކުގައި 1481 މީހަކު އެބަތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.