ހުޅުމާލޭ މުޒާހަރާގެ ތެރެއިން 40 މީހަކު ހައްޔަރުކޮށްފި

މިއަދު ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން 40 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ކުރި މުޒާހަރާއަކީ އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުލިބޭތާ ގިނަ ދުވަސް ވެފައިވާތީ ކުރި މުޒާހަރާއެކެވެ.

މުޒާހަރާވެރިން ވަނީ އެތަނަށް ފުރަތަމަ ދިޔަ ފުލުހުންނާ ދިމާއަށް ގާއުކައި ހަމަނުޖެހުން ހިނގައިފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންނަށް އަނިޔާވެ ފުލުހުންގެ ވެހިކަލަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

މިއީ ފަހަކަށް އައިސް މާލެ ސަރަހައްދުގައި އާއްމު ވަމުންދާ ކަމެކެވެ. މި ކަންތައްތައް ކޮންޓްރޯލު ނުވެ ރާއްޖޭގެ އެހެން ރަށްރަށަށް ފެތުރިގެން ހިނގައްޖެނަމަ ކަންތައް ކުރާނޭ ގޮތަކާ ބެހޭ ގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މެންބަރުން ވަނީ ފުލުހުންނާ ސުވާލު ކުރައްވައިފައެވެ. ފުލުހުން ވިދާޅުވެފައި ވަނީ އެފަދަ ކަންތައްތަކެއް ހިނގަން ފަށައިފިނަމަ ކޮންޓްރޯލު ކުރާނޭ ގޮތްތައް ހާލަތަށް ބަލައިގެން ރާއްވަވަމުން ގެންދަވާނޭ ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.