ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. އުމުރުން 80 އަހަރުގެ މި މީހާ ނިޔާވެފައި ވަނީ ރޭ ފަތިހު 4.35 ގައެވެ. މިޔާއެކު ރާއްޖެއިން ކޮވިޑް-19 ގައި ނިޔާވެފައިވާ މީހުންގެ އަދަދު 12 އަށް އެރީއެވެ.

ރާއްޖޭގައި ކޮވިޑް-19 މިހާރު ވަނީ ފެށުނުއިރު ލަފާކުރި ވަރަށް ވުރެ ބޮޑަށް ކޮންޓްރޯލު ކުރެވި ބަލި ޖެހޭ މީހުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް މަދު ކުރެވިފައެވެ. މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ މާލޭގެ ފުރަބަންދަށް ބޮޑެތި ލުއިތަކެއްދީ ސަރުކާރުގެ އޮފީސްތައް ހުޅުވައި ރެސްޓޯރަންޓާއި ހޮޓަލާއި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިފައި މިހާރު ތިބީ 403 މީހުންނެވެ. މުޅިއެކު ބަލި ޖެހުނު މީހުންގެ އަދަދަކީ 2468 އެވެ. 2049 މީހުން ވަނީ މުޅީން ފަސޭހަ ވެފައެވެ. މިހައިތަނަށް 56138 ސާމްޕްލް ވަނީ ނަގައިފައެވެ.

އިއްޔެ މި ބަލި ޖެހުނު މީހުންގެ އަދަދަކީ 33 އެވެ. އެއީ 12 ދިވެހިންނާއި 18 ބަނގްލާދޭޝީންނާއި 3 އިންޑިއަނުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.