ވެކްސިންގައި ޖެހޭނީ އެއް ވައްތަރުގެ ދެ ޑޯޒު: އަފްޒަލް

ރާއްޖޭގައި ކޯވިޑް-19 ގެ ވެކްސިން ޖަހާއިރު ޖަހަން ޖެހޭނީ އެއް ވައްތަރުގެ ދެ ޑޯޒު ކަމަށް ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އަފްޒަލް ވިދާޅުވި ގޮތުގައި އަދި ރާއްޖެއިން ކަނޑައަޅާފައި އޮތީ އެއް ވައްތަރުގެ ދެ ޑޯޒު ޖަހާށެވެ. އޭގެ މާނައަކީ ކޮވިޝީލްޑް ގެ ފުރަތަމަ ޑޯޒު ޖަހައިފައިވާ މީހަކު ނަމަ ދެވަނަ ޑޯޒުވެސް ޖަހަން ވާނީ ކޮވިޝީލްޑެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.