އައިޖީއެމްއެޗް އައިސީޔޫގައި އޮތް ބަލި ދެ މީހުންނާއި 3 ނަރުހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ  ބަލި ދެ މީހަކާއި ތިން ނަރުހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ތަސްލީމާ އުސްމާން ވިދާޅުވީ އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކޮވިޑަށް ޕޮސިޓީވް ދެ ބަލިމީހުން ދަރުމަންވަންތަ ހޮސްޕިޓަލުގެ ކޮވިޑަށް ޚާއްޞަ އައިސީޔޫއަށް ބަދަލުކޮށްފައިވާކަމަށެވެ. އެދެމީހުންގެ ތެރެއިން އެކަކީ ޢުމުރުން ދުވަސްވީ މީހަކަށް ވާއިރު އަނެއްމީހާއަކީ މެދު ޢުމުރުގެ މީހެއްކަމަށް ތަސްލީމާ ވިދާޅުވިއެވެ. ފުދޭ ވަރަކަށް ގިނަ ބައެއްގެ ކޮންޓެކްޓް ޓެރޭސިން ހަދަމުން ދާތީ ސީދާ ޢަދަދު ދެއްވަން އަދި ދަތިފުޅުކަމަށްވެސް ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އައިސީޔޫގައި މަސައްކަތްކުރާ ތިން ނަރުހުން ކޮވިޑަށް ޕޮޒިޓިވްވީކަން އެނގުނީ އެހޮސްޕިޓަލުގެ އައިސީޔޫގައި ކެންސަރުބައްޔަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވި 39 އަހަރުގެ ފިލިޕީންސް މީހާއާއި ކޮންޓެކްޓްވި އަށް ނަރުހުން ކޮވިޑަށް ޓެސްޓްކުރުމުންނެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހުންވެސް ކޮވިޑަށް ޓެސްޓް ކުރެވުނު ކަމަށް އައިޖީއެމްއެޗްއިން ވަނީ ހާމަކޮށްފައެވެ. ފިލިޕީންސް މީހާ މަރުވެފައިވަނީ ކެންސަރު ބަލީގައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.