ކޯވިޑަށް ޕޮޒިޓިވްވި ޢަދަދު މިއަދުވެސް 50 އިން ދަށުގައި

މިއަދު ހަޔަކާއި ހަމައަށް 24 ގަޑިއިރު ކޯވިޑް 19 އަށް އަލަށް ޕޮޒިޓިވްވި އަދަދު މިއަދުވެސް ހުރީ 50 އިން ދަށުގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން މިއަދު ކޯވިޑް- 19 އަށް ޕޮޒޮޓިވް ޢަދަދަކީ 48 އެވެ. އިއްޔެގެ ޢަދަދަކީ 46 އެވެ. މިއަދުގެ ޢަދަދުގައި ހިމެނެނީ 28 ދިވެހިންނާއި 20 ބިދޭސީންނެވެ. ދިވެހިން ބައްޔަށް ޕޮޒިޓިވްވި ޢަދަދު އިއްޔެއަށް ވުރެ މިއަދު ވަނީ ދަށް ވެފައެވެ. އިއްޔެ ދިވެހިންގެ ޢަދަދު އުޅުނީ 31 ގައެވެ. މިއަދުގެ ޢަދަދުގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. މިހާރު އަތޮޅުތަކުގެ 22 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 48 އެވެ. އެއީ 34 ދިވެހިންނާއި 14 ބިދޭސީންނެވެ.  މިވަގުތު 25 ރިސޯޓެއްގައި 16 ޓޫރިސްޓަކާއި 34 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ. 

ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 9818 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދު 8438 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1340 މީހުންނެވެ. ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ޢަދަދު އިއްޔެއާއި މިއަދުވެސް ހުރީ އެއްވަރެއްގައެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 92 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 674 މީހުންނެވެ. މިއަދާ ހަމައަށް ރާއްޖެއިން ބައްޔަށް ޓެސްޓް ކުރެވުނު ޢަދަދު ވަނީ 142374 އަށް އަރާފައެވެ. ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 34  އަރާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.