ފިޔަވަތިން ކޯވިޑް ޖެހުނު ޢަދަދު 36 އަށް، 18 ކުއްޖަކާއި 18 މުވައްޒަފުން

ހުޅުމާލޭ ފިޔަވަތިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 36 އަށް އަރައިފިއެވެ. އެއީ  18 ކުއްޖަކާއި 18 މުވައްޒަފުންނެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ފިޔަވަތިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 36އަށް އަރާފައިވާއިރު ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 72 މީހަކު ފާހަގަކުރެވި ކަރަންޓީން ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 19 މުވައްޒަފަކާއި، 53 ކުދިންނެވެ.

ފިޔަވަތިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ކުދިން ބަލަހަޓާ މީހެކެވެ. އޭނާ ޕޮޒިޓިވްވީ މިމަހު ފުރަތަމަ ދުވަހުއެވެ. ވިލިނގިލީގައި ހުންނަ ކުޑަކުދިން ހިޔާއިން އިތުރު މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ނުވާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.