ކޮވިޑްބަލީގެ ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ  

ކޮވިޑްބަލީގެ ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަމަށް އެންއީއޯސީއިން ވިދާޅުވެއްޖެއެވެ. މިތިން މީހުންނަށް ވެސް ފަރުވާ ދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

ޓްރީޓޮޕް އާއްމު ޙާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާތީ އެ ތިން މީހުންވެސް ދަރުވަންތަ ހޮސްޕިޓްލަށް މިމަހު 28 ވަނަ ދުވަހު ބަދަލުކުރުމަށް  ނިންމަވައިފައިވާކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ތިން މީހުންގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގއަށް މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 22 މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަނޤްލަދޭޝްގެ 14 މީހުންނާއި ހަތަރު ދިވެހިންނާއި ސްރީލަންކާ ހަތަރު މީހެކެވެ. މިއަދުގެ ޢަދަދާއެކު  ރާއްޖެއިން މިހާތަނަށް 2305 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.  މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 417 މީހަކަށެވެ. ބަލި ޖެހުނު މީހުންގެ ޢަދަދު މިއަދު 22 އަށް އަރާފައި ވަނީ އިއްޔެ ރެކޯރޑް ޢަދަދަކަށް ބަލިޖެހުނު މީހުންގެ ޢަދަދަ ދަށުގައި ހުރުމަށް ފަހުއެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވީ އެންމެ ހަ މީހުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.