ކޯވިޑް ޖެހުނު ފަސް މީހަކު އައިސީޔޫގައި

ކޯވިޑް ޖެހުނު ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އެންއީއޯސީއިން ހާމަކޮށްފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ވިދާޅުވީ އެ މީހުންގެ ތެރެއިން 3 މީހުންނަކީ ހަކުރު ބަލި ފަދަ އެކި ކަހަލަ ބަލިތައް ހުރި މީހުން ކަމަށެވެ. ތިން މީހަކަށް އޮކްސިޖަން ގުޅާފައިވާ ކަމަށްވެސް ޑރ. މުސާ ވިދާޅުވިއެވެ.

އައިސީޔޫގައި އެޑްމިޓުކޮށްފައިވީ ނަމަވެސް އަދި އެއްވެސް މީހަކު ވެންޓިލޭޓަރަށް ނުލާ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ތިބި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހީންނެވެ. ދެން އޮތީ ބިދޭސީއެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.