ކޯވިޑަށް އަލަށް ޕޮޒިޓިވްވި ޢަދަދު 60 އިން މަތީގައި

ކޯވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިއަދު ހުރީ 60 އިން މަތީގައެވެ.

ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަދު ހައެއް ޖެހުމާ ހަމައަށް 24 ގަޑިއިރު ތެރޭގައި ކޯވީޑަށް ޕޮޒިޓިވްވެފައިވަނީ 68 މީހުންނެވެ. އެއީ 36 ދިވެހިންނާއި 32 ބިދޭސީންނެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 12،452 އެކެވެ.

މިއަދުގެ ޢަދަދުގެ ތެރެއިން 32 މީހުންނަކީ އަތޮޅުތަކާއި ރިސޯރޓްތަކުން ބައްޔަށް އަލަށް ޕޮޒޮޓިވްވި މީހުންނެވެ.  މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 36 އެވެ.

ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 11،475 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 925  މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 73 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 332 މީހުންނެވެ.  ވޭތުވެ ދިޔަ 24 ގަޑިއިރު ކޯވިޑަށް ޓެސްޓް ކުރި ޢަދަދަކީ 1،530 އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މިހާރު 27 ރިސޯރޓެއްގައި 46 ފަތުރުވެރިންނާއި 110 މުވައްޒަފުން ކޯވިޑް ތަޙައްމަލު ކުރަމުންދެއެވެ. އަދި އެގާރަ ރަށެއްގައި 15 މީހުން ބަލި ޖެހިފައި އެބަތިއްބެވެ. އޭތެރޭގައި ތިން ދިވެހިން ފިޔަވައި އެންމެންނަކީ ވެސް ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.