ކޯވިޑް-19 އިޖާބައިގެ އަދާހަމަތައް އެއް ޕޮއިންޓަކުން ލިބޭނެގޮތް ހަމަޖައްސައފި

ކޯވިޑް-19 އިޖާބައިގެ ހުރިހާ މައުލޫމާތެއް އެއް ޕޮއިންޓަކުން ލިބޭނެ ސައިޓެއް ސަރުކާރުން ގާއިމުކޮށްފިއެވެ. 

މި ސަިއޓުގައި ގިނަ މައުލޫމާތު ތަކެއް ހިމަނާފައިވެއެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް ކުރަންވީ ކަންތައްތަކައި ފަރުދީ ޒިއްމާ އާއި އަނެކުން ހިމާޔަތް ކުރަންވީ ގޮތާއި އަދި އާއްމު ބައެއް ސުވާލުތަކާއި ޖަވާބު ހިމަނާފައިވެއެވެ. މީގެ އިތުރުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ އަމަލުކުރަންވީ ގޮތާއި ސަރުކާރުން މާލީ އެހީ ފޯރުކޮށްދޭ ގޮތާއި މިހާތަނަށް ރައްޔިތުންނަށް ހަމަޖައްސައިދީފައިވާ ލުއިތައް ހިމެނެއެވެ . އަދި މާލެ ސިޓީ ބަންދުކޮށްފައިވާތީ އެ ހާލަތުގައި ބައެއް ޚިދުމަތްތަކަށް ގެނެވިފައިވާ ބަދަލާއި، ޒަރޫރީ ހާލަތެއއ މެދުވެރިވެއްޖެނަމަ އެހީ ހޯދުމަށް ގުޅަންޖެހޭ އިންސިޑެންޓް ކޮމާންޑް ޕޯސްޓު (އައި.ސީ.ޕީ) ތައް ހުރި ސަރަހައްދުތަކުގެ މައުލޫމާތު ހިމެނެއެވެ. 

މި ލިންކަށް އޮބައިލުމުން އެ ސައިޓަށް ވަދެވޭނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.