ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ޕޮޒިޓިވްވީ 22 މީހުން

ވޭތުމިއަދު 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވީ 22 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބަންގްލަދޭޝް 13 މީހަކާއި އިންޑިޔާގެ އެކަކެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 2،260 އެވެ. މިއަދު ބަލިން ރަނގަޅުވި 10 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،839 އަށް އަރައިފައެވެ. ބައްޔަށް ފަރުވާ ދެވެމުން ދަނީ 408 މީހަކަށެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓްކުރި ޢަދަދު ވަނީ 45،185 އަރާފައެވެ. މިސަރަޙައްދުންވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޓެސްޓް ކުރެވިފައިވަނީ ރާއްޖޭގައި ކަމަށް އިއްޔެ ޤައުމާ މުޚާތަބު ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަ ފުޅުގައި ވަނީ ފާހަގަކުރައްވައި ފައެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު ތިބީ 139 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ  314 މީހުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.