ކޯވިޑް-19: މިއަދު ބަލިޖެހުނީ 140 މީހަކަށް، 114 ދިވެހިން

ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވް ވީ 140 މީހުންނެވެ، މިއަދުވެސް ގިނައިން ބަލިޖެހިފައިވަނީ ދިވެހިްނަށެވެ. އެއީ 114 މީހުންނެވެ.

މިއަދު އިތުރަށް ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ 17 މީހަކާއި އިންޑިއާގެ 3 މީހަކާއި ނޭޕާލުގެ  2 މީހަކާއި، އރަބި އިމާރާތުގެ އެކަކާއި، ފަރަންސޭސިއަކާއި ކެންޔާ މީހެކެވެ.

ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރު 7469 އަށް އަރާފައިވާއިރު 4873 މިހަކު ބަލިން ރަނގަޅުވެފައިވެއެވެ. ބަލިން ފަސޭހަނުވެ 2568 މީހުން އެބަތިއްބެވެ. މިހާތަނަށް 28 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

މިއަދު ބަލިޖެހުނު މީހުންގެ ތެރެއިން6 މީހަކު ފިޔަވައި ހުރިހާ އެންމެންނަކީ ވެސް މާލެ ސަރަހައްދުން ބަލިޖެހުނު މީހުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.