ހޯޑެއްދޫގައި ބަލީގެ އަލާމާތްތައް ހުރި މީހުންތިބިތޯ ބެލުމަށް އަނެއްވެސް ގޭގެއަށް ޒިޔާރަތްކުރަނީ

ގދ. ހޯޑެއްދޫގައި ކޯވިޑްގެ އަލާމާތްތައް ހުރި މީހުންތިބިތޯ ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ގޭގެއަށް ޒިިޔާރަތް ކުރުމުން އަލާމާތްތައް ހުރި މީހުން ފެނިފައިވާކަމަށެވެ. އެމީހުންގެ ސާމްޕަލް މާދަމާ ނެގޭނެ ކަމަށެވެ. ކުރިންވެސް ވަނީ ހީޯޑެއްދޫގައި ގޭގެއަށް ޒިޔާރަތްކޮށް ބަލީގެ އަލާމާތްތައް ހުރި މީހުން ދެނެގަނެ އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައެެވެ. 

ޑރ. ނަޒްލާ ވިދާޅިވީ އިތުރު 11 މީހެއްގެ ސާމްޕަލް މިހާރުވެސް އެރަށުން ނަގައިފައިވާ ކަމަށެވެ. އެއީ ކޮންޓެކްޓްވެ ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ޓެސްޓް ކުރުމަށް ނަގައިފައިވާ ސާމްޕަލް ތަކެއް ކަމަށް ވިދާޅުވިއެވެ. މިމަހު 22 ވަނަ ދުވަހު، ރަންޓީނަށްފަހު އެރަށުން ނެގި 11 ރިލީސް ސާމްޕަލްގެ ތެރެއިން އެކަކު ބައްޔަށް ޕޮޒިޓިވެފައިވާ ކަމަށްވެސް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން އެރަށުން ކޯވިޑަށް ޕޮޒިޓިވްވި ޢަދަދު ވަނީ 45 އަށް އަރާފައެވެ.

ހޯޑެއްދޫން ބަލިޖެހުނު މީހުންގެ ތެރެއިން 32 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބަލި ތަޙައްމަލު ކުރަމުން ދަނީ 13 މީހެކެވެ. އޭގެރެއިން ދެ މީހަކަށް ގއ. ވިލިގިލީ ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ. އެރަށުގެ ކޮންޓެކްޓުންގެ  ގޮތުގައި 230 ފާހަގަ ކުރެވު ކަރަންޓީން ކުރެވިފައިވާކަމަށް ވެސް ޑރ ނަޒްލާ ވިދާޅުވިއެވެ. އަދިވެސް ހޯޑެއްދޫ އޮތީ މޮނިޓަރިންގައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.