އިތުރު 17 މީހަކަށް ކޮވިޑް-19 ޖެހިއްޖެ

ރާއްޖެއިން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެއީ 7 ދިވެހިންނާއި 6 ބަނގްލާދޭޝީންނާއި 3 އިންޑިއަނުންނާއި ނޭޕާލު މީހަކާއެކު ޖުމުލަ 17 މީހުންނެވެ.

މި އަދަދާއެކު މިއަދުގެ އިރުއޮއްސި 6 އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 2137 އަށް އެރީއެވެ.

މާލޭގެ ފުރަބަންދަށް ލުއި ދިނުމުން ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެގެންދާނޭ ކަމަށް ވަނީ ބެލެވިފައެވެ. އެކަމަކު އަދި މިހައިތަނަކަށް އާދަޔާ ޚިލާފު ޢަދަދަކަށް އިތުރުވަމުންދާ ކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

ފުރަބަންދަށް ލުއި ދިނުމާއެކު ބައެއް މީހުން ކަމަކާ ނުލައި ބޭރަށް ނުކުމެ އުޅުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކޮންމެވެސް ވަރަކަށް ފަރުވާކުޑަ ކުރާ ކަމަށް ދަނީ ފާހަގަ ކުރެވެމުންނެވެ. އެކަމަކު މީގެ ކުރިޔާ ޚިލާފަށް އާއްމުންގެ ފަރާތުން ހޭލުންތެރިކަން ފެންނަކަމަށްވެސް ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.