މާލެއިން އިތުރު 13 މީހަކު ޕޮޒިޓިވް ވެއްޖެ

މާލެއިން އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވީ ދިވެހީންގެ އަށް މީހަކާއި ބަނގްލަދޭޝްގެ ހަތް މީހެކެވެ. މިއާއެކު މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 62 އެކެވެ. 

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި މި އެންމެން ވެސް އެކަހެރި މަރުކަޒަކަށް ގެންދެވޭނެއެވެ. އަދި މި މީހުންނާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ. 

ހޯމަ ދުވަހު މާލެއިން ފަނަރަ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އެރޭގެ ދަންވަރު އިތުރު ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.