މުޢިއްޒުގެ މައްޗަށް ދަޢުވާ އުފުލައިފި

ނޫމަޑު މައްސަލައިގައި ފާއިތުވު ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުޙައްމަދު މުޢިއްޒުގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައިވާ ގޮތުގައި މުޢިއްޒުގެ މައްޗަށް ދަޢުވާ ކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީ އޭޖީ އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ކުރި ދައުވާގެ ޝަރީއަތުގައި ވާހަކަފުޅު ދައްކަވަމުން ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާނޭ ކަމަށް ވިދާޅުވެ ދޮގު ބަޔާނެއް ދެއްވާފައި ވާތީއާއި ނޫމަޑީގެ ހެކިވެރިއަކަށް ވެވަޑައިގެން ސަރުކާރާ ދެކޮޅަށް ހެއްކިބަސް ދެއްވައިފައި ވާތީއެވެ. ޓުވީޓުގައިވާ ގޮތުގައި ހައުސިންގ ޔުނިޓު މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ކުރަމުން ގެންދާ ކަމަށް މުޢިއްޒު ޝަރީޢަތުގައި ވަނީ ވިދާޅުވެފައެވެ.

1 ޚިޔާލު

  1. ރައްޔިތުން ޖަވާބު ބޭނުންވާ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލަ ޝަރީއަތަށް ފޮނުވާއިރެއް ސާފުކޮށްފަ ނޫހުގަ ލިޔެދީފިއްޔާ ވަރަށް ރަގަޅުވާނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.