ޖުލައި މަހަށް ފްލެޓު ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެވުނީ އޮޅުމަކުން: ހައުސިން މިނިސްޓްރީ

ހިޔާ މަޝްރޫއުގެ 7000 ފްލެޓު އަންނަ ޖުލައި މަހު ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް މިނިސްޓްރީ އޮފް ހައިސިން އިން ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓްެރީ އިން މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންެގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ 25ވަނަ ބައްދަލުވުމުގައި އެ މިނިސްޓްރީއާ ކުރެވުނު ސުވާލުތަކުގެ ތެރެއިން ކުރެންދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރ އާމިނަތު އާތިފާ "ފްލެޓުތައް ޖުލައި މަހަށް ހަވާލުކުރެވޭނެ" ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޯވިޑް-19އާ އާއި ގުޅިގެން މާލެ ބަންދުކުރެވިފައިވާތީ ފައިނަލް ލިސްޓު އިއުލާންކުރަން ކުރިން ތާވަލުކުރި ތާރީޚުގައި އެ ލިސްޓު އާއްމެއް ނުކުރެވެއެވެ. އެގޮތަށް ދިމާވީ ބަންދާ ގުޅިގެން ގޭގެއަށް ޒިޔާރަތްކޮށް ބަލަންޖެހޭ ކަންކަން ބެލުމުގައި ދަތިތަކެއް މެދުވެރިވީމައި ކަމަށް މިނިސްޓްރީއިން ހާމަކުރެއެވެ. ބަންދު ނިމުނުހައި އަވަހަކަށް އެކަންކަން ބެލުމުގެ މަސައްކަތް ފަށައި ވީހައި އަވަހަކަށް ލިސްޓު އާއްމުކުރާނެ ކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.