ހެއްވާ: ވައިގެބަނދަރުގެ އިނާމު

އިބްރާހީމަކީ ރާއްޖެއިން ބޭރަށް ވައިގެ މަގުން ދަތުރު ކޮށްފައިވާ މީހަކަށް ވިޔަސް ދުނިޔޭގެ ތަރައްގީ  ވެފައިވާ ބޮޑު ގައުމަކަށް ދުވަހަކުވެސް ނުދެއެވެ. އާއްމުކޮށް ގޮސް އުޅެނީ ސްރީލަންކާ، އިންޑިއާ ފަދަ ތިންވަނަ ދުނިޔޭގެ ގައުމުތަކަށެވެ.

ބޯޓު ދަތުރު ކުރާން ދިއުމަކީ އިބްރާހީމް ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެހެންވީމާ އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ. އިނގިރޭސި ބަހުން ފުދޭ ވަރަކަށް ކިޔާށާއި، ވާހަކަ ދައްކާން އެނގޭތީ ބޯޓު ދަތުރު ކުރާން ދާ މީހުން ހަދާ ތަމްރީނު ޕްރޮގްރާމް ހަދާކަށް އޭނާއަކަށް މާ އުނދަގުލެއް ނުވިއެވެ. އެހެންވީމާ ވަރަށް ފަސޭހައިން ސީޑީސީ ހެދި، ދަތުރު ކުރާން ދިއުމުގެ މަގު ތަނަވަސް ވެއްޖެއެވެ.

މަސައްކަތް ކުރާ ބޯޓަށް އަަރާން އިބްރާހީމަށް ދާން ޖެހުނީ ޔޫރަޕުގެ ބޮޑު ގައުމަކަށެވެ. އެއީވެސް ވައިގެ މަގުންނެވެ. އެ ގައުމަށް ދެވެނީ ހަމަ އެވަރުގެ ބޮޑު އެހެން ގައުމެއްގެ ވައިގެ ބަނދަރުގައި ހައެއްކަ ގަޑިއިރު ހޭދަ ކުރުމަށް ފަހުގައެވެ.

ވަރަށް ބޮޑަށް ތައްޔާރު ވެގެން އިބްރާހީމް ދަތުރަށް ފަށައިފިއެވެ. އޭނާގެ ރަހުމަތްތެރިން އޭނާއަށް ވަރަށް ގިނަ ނަސޭހަތް ދިނެވެ. ތިންވަނަ ދުނިޔޭގެ ގައުމުތަކަށްވުރެ އެއްވަނަ ދުނިޔޭގެ ގައުމުތައް ތާހިރު ވާނޭ ކަމަށާއި، އެ ގައުމުތަކުގައި ތަންތަން ނުތާހިރު ކުރާ މީހުންނަށް ދޭ ބޮޑެތި އަދަބުގެ ވާހަކަވެސް ކިޔައި ދިނެވެ.

އޭނާ ދަތުރު ކުރި މަތިންދާބޯޓު ގޮސް ފުރަތަމަ މަންޒިލަށް ތިރިކޮށްފިއެވެ. ބޯޓުން ފައިބައިގެން ގޮސް ގިމަތައަށް ވަދެވުނީމާވެސް އޭނާ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. އަނގަ ތަންމިނަށް ހުޅުވިފައެވެ. ތަނުގެ ބޮޑުކަމާއި، ރީތިކަމާއި، ތާހިރުކަމުންނެވެ.

ގިމަތައިގެ އެކި ތަންތަން ބަލަމުން އިބްރާހީމް ހިނގާން ފަށައިފިއެވެ. ގަޑިއެއްހައި އިރު ވީތަނާ ވަރަށް ބޮޑަށް ބޮޑުކަމު ދާން ޖެހިއްޖެއެވެ. ގިމަތައިގައި ހުރި ނިޝާންތަކަށް ބަލަމުން ގޮސް ފިރިހެނުންގެ ފާޚާނާއަކަށް ވަދެއްޖެއެވެ.

އެއީވެސް ހައިރާން ވާ ވަރުގެ ބޮޑު އަދި ރީތި ތަނެކެވެ. ފާޚާނާ ތަށިވެސް ހުރީ އޭނާ ދެކޭ ފާޚާނާ ތަށިތައް ހުންނަ ގޮތަކަށް ނޫނެވެ. އެއިން ކޮންމެ ތަށްޓެއް އުނަގަނޑާ ހަމައަށް އަރައެވެ. އޭނާގެ ހިތަށް އެރިއެވެ. މިއީ މި ގައުމުތަކުގައި އުޅޭ އިސްކޮޅުން ދިގު މީހުންނަށް ހަދާފައި ހުރި ތަނެއްތާއެވެ. މީގައި އިށިީންނާނޭ ގޮތެއްވެސް ނުއެއް ވިސްނުނެވެ.

އެންމެ ފަހުން ވިސްނަވިސްނާފައި މޮޅު ބުއްދިއެއް ކޮށްފިއެވެ.

ފުރަތަމަ ބޫޓުގެ ކަނާތު ކިބަ ބާލައިފިއެވެ. ދެން އެ ފައިގެ އިސްޓާކީނު ބާލައިފިއެވެ. އެއަށްފަހު އެއް ފަރާތު ކަނަކަށް ޖެހިލައި، އިސްޓާކީނަށް ބޮޑުކަމު ގޮސް ނިންމައިލައިފިއެވެ. ތާހިރުވެ ނިމުމާއެކު އެހެން މައްސަލައެއް ކުރިމަތި ވެއްޖެއެވެ. އިސްޓާކީނަށް ހަދާނޭ ގޮތަކާމެދު ފިކުރު ބޮޑު ވެއްޖެއެވެ.

ވަށައިގެން ހޯދައި ބަލައިލީއިރު ތަންކޮޅެއް މަތީގައި ހުރި ކުޑަ ވައިގޮޅިއެއް ފެނިއްޖެއެވެ. ބަލާކަށް ނުހުރެ ބޯމަތީގައިއ ިސްޓާކީނު ދެތިން ފަހަރަކު އަނބުރައިލުމަށްފަހު އެ ވައިގޮޅިން ބޭރަށް އެއްލާލައިފިއެވެ.

ހިތްހަމަ ޖެހުމުގެ ނޭވައެއް ލުމަށް ފަހު ބަލައިލީއިރު އަސްތާ ކަމަކުދާކަށް ނެތެވެ. ފާޚާނާގެ ވަށާ ފާރުގައި ކުދި ތިތްކަށް ބުރާފައި ހުރީ ބޮޑުކަމު ނަޖިހެވެ. ހީވަނީ މީހަކު ތަރުތީބުން ބުރުވާފައި ހުރި ދަވާދު ފަށަލައެއް ހެންނެވެ. މި ތަން ފެނުނީމާ އިބްރާހީމް ވަރަށް ބޮޑަށް ހާސް ވެއްޖެއެވެ. ހަދާނޭ ގޮތެއް ނޭނގުނެވެ.

މަޑުމަޑުން ފާާނާގެ ދޮރު ކުޑަކޮށް ހުޅުވައިލާފައި ބޭރު ބަލައިލީއިރު އަޑު ފޯރާ ފަށުގައި ވައިގެބަނދަރުގެ ސަލާމަތީ މުވައްޒަފަކު ހުއްޓައި ފެނިގެން އެ މީހާއަށް ގޮވާާލައިފިއެވެ. އޭނާ އެތެރެއަށް ވައްދާފައި ފާރު ދައްކައިލިއެވެ.

"މިތަން އަހަންނަށް ސާފުކޮށް ދޭށެވެ. އިނާމަކަށް ފަންސާސް ޑޮލަރު ދޭނަމެވެ."

އެމީހާ ނޯއްމަތީ އަތް އަޅައިގެން ހުރެ ވަށައިގެން ބަލައިލިއެވެ. އެއަށްފަހު އިބްރާހީމާ ދިމާއަށް ބަލައިލާފައި ބުންޏެވެ.

"ކަލޭ އަހަންނަށް ދޭން ތިޔަ ބުނަނީ ފަންސާސް ޑޮލަރެއް ނޫން ހެއްޔެވެ؟ ކަލޭ މި ގޮތަށް މިހައި ތަރުތީބުން ފާރަށް ބޮޑުކަމު ދިޔަ ގޮތެއް ބުނީމާ އަހަރެން ކަލެއަށް ފަސް ސަތޭކަ ޑޮލަރު ދޭނަމެވެ!"

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.