މޮޅު ބުއްދި
ވަޙީދު އޭނާގެ ރަޙްމަތްތެރިޔާ އާ ސުވާލު ކުރިއެވެ. "އަހަރެން މި އުޅެނީ، އަހަރެން ލޯބިވާ ކުއްޖާ ކުރެން އިންނަން އަހަން ނުކެރިގެން- އަހަރެން ކަހަލަ ފަގީރު މީހަކާ އިންނަން އޭނާ ދެކޮޅު ހަދާފާނެތީ ކަންބޮޑު ވަނީ- އޭނާ އަކީ މުއްސަނދިކަމަށް ލޯބިކުރާ ކުއްޖެއް-"
ރަޙްމަތްތެރިޔާ ބުންޏެވެ. "ތިޔައީ އެހައި ބޮޑު ކަމެއް ނޫން- ތިމަންގެ މުސްކުޅި ބޮޑުބޭބެއަކީ ވަރަށް މުއްސަނދި މީހެކޭ ބުނޭ- އަދި ބޮޑުބޭބެގެ ހުރި ހަމައެކަނި ވާރުތަވެރިއަކީ ތިމަންނާއޭ ވެސް ބުނާތި-"
އޭގެ ދެތިން ދުވަސް ފަހުން ރަޙްމަތްތެރިޔާ އަށް ވަޙީދު ފެނުނު އިރު ހުރީ ވަރަށް ބޮޑަށް ދެރަ ވެފައެވެ. ތުނބުޅި މަތިމަސް ދިގުވެ، ހާލު ބޮޑު ވެފައެވެ. ރަޙްމަތްތެރިޔާ ޙައިރާން ވެފައި އަހައިލިއެވެ. "ކިހިނެއްވީ-؟ އެއްކަލަ އަންހެން ކުއްޖާ ގާތު އަހަރެން ބުނި ގޮތަކަށް އަދިވެސް ނުބުނަން ދޯ-؟"
ވަޙީދު ބުންޏެވެ. "ނޫނޭ- އަހަރެން ހަމަ އެ ރޭ އެހެން ބުނެފިން-"
ރަޙްމަތްތެރިޔާ އަހައިލިއެވެ. "ދެނޯ-؟ ދެން ކިހިނެއްވީ-؟"
ވަޙީދު ބުންޏެވެ. "އޭގެ އަނެއް ދުވަހު އޭނާ އަހަރެންގެ ބޮޑުބޭބެއާ އިނދެފި-"
ބޭހުގެ ޖާގަ
ޑޮކްޓަރު ބަލިމީހާއަށް ބޭސް ކިޔައި ދެނީއެވެ. "ރަތްކުލައިގެ ބޭހަކީ ކަރަށް ދިން ބޭސް- ނޫކުލައިގެ ބޭހަކީ ބަނޑަށް ދިން ބޭސް- ހުދު ކުލައިގެ ބޭހަކީ ހިތަށް ދިން ބޭސް- އެނގިއްޖެތަ-؟"
ބަލިމީހާ ބުނެލިއެވެ. "އާދެ- އަޅުގަނޑަށް އެނގިއްޖެ- ދާން ޖެހެނީ ތިން ތަނަކަށް ކަން އެ ބޭހަށް އެނގޭނެތޯ-؟"
ދަތުރުގެ ޚަރަދު
އަޙްމަދު: އަހަރެންގެ ހިތަށް އެބައަރާ އެމެރިކާ އަށް ދާން ވެއްޖެއޭ- އެކަމަށްޓަކައި ކިހައި ފައިސާއެއް ބޭނުންވާނެތަ-؟
އިބްރާހީމް: އެންމެ ރުފިޔާއެއްވެސް ބޭނުމެއް ނުވާނެ-
އަޙްމަދު: އެޔޯ-؟
އިބްރާހީމް: ހިތަށް އެއްޗެއް އަރުވާކަށް ޚަރަދު ކުރާކަށް ނުޖެހޭނެ-!