އާފަތިސް ރޯދަ ބަދިގެ: އަލުވި ޕަފް

ބޭނުންވާނެ ބާވަތްތައް: 

½ ކިލޯ އަލުވި

¼ ޖޯޑު ސަވަރ ކްރީމް

2 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް

2 ސައިސަމުސާ ލޮނުމެދު ޕައުޑަރ

ކުކުޅު ބިހެއް، ފެން ސައސަމުސަލެއް އަޅައި ގިރާފަ

ޕޭސްޓްރީ ފުށް/ޝީޓު

ލޮނު

އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

އަލުވި ފެނު ކައްކާށެވެ. ކައްކާއިރު ފެނުގެ ތެރެއަށް އަލުވީގައި ރަހަ ހިފާ ވަރަށް ލޮނު އަޅާށެވެ.

200 ޑިގްރީ އައަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި ޓްރޭއެއްގައި ޕާޗްމަންޓު ކަރުދާސް އަޅާފައި ޓްރޭ ތައްޔާރުކުރާށެވެ.

އަލުވި ޗަސްކުރުމަށްފަހު ސަވަރ ކްރީމާއި ލޮނު، އަދި އަސޭމިރުހާއި ލޮނުމެދު ޕައުޑަރު ކޮޅެއް އެޅުމަށްފަހު އަލުވި ރަނގަޅަށް މޮޑެލާށެވެ.

ދެން ޕޭސްޓްރީ ފުށްގަނޑު 11 އިންޗި ހުންނަވަރަށް ދަމާލާށެވެ.

ކޮންމެ ފުށްގަނޑެއް ނުވަ ބައި ކުރުމަށްފަހު ކޮންމެ ބަޔަކަށް ޗަސްކޮށްފައި ހުރި އަލުވީން އަލުވި ސަމުސަލެއް އަޅާށެވެ. ފުށްގަނޑުގެ އަރިމަތީގައި ގިރާފައި ހުރި ބިސް ހޭކުމަށްފަހު ރަނގަޅަށް ބަންދުކުރާށެވެ.

ބަންދުކުރުމަށްފަހު ކޮންމެ ޕަފެއްގެ މަތީގައި ވެސް ބިސް ހާކާށެވެ. ދެން ވިހި މިނެޓު ފިހާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.