އާފަތިސް ރޯދަ ބަދިގެ: ލެމަން ބާރސް

ލެމަން ބާރސް

ކްރަސްޓް ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:

225 ގުރާމް ބަޓަރު (އަންސޯލްޓެޑް)

½ ޖޯޑު ހަކުރު

2 ޖޯޑު ފުށް

ކުޑަ ލޮނުކޮޅެއް

ފިލިންގ ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:

6 ކުކުޅު ބިސް

3 ޖޯޑު ހަކުރު

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ލުނބޯ ތޮށި (ގާނާފައި)

1 ޖޯޑު ލުނބޯ ހުތް

1 ޖޯޑު ފުށް

އައިސިންގ ޝުގަރ

ތައްޔާރު ކުރާނެ ގޮތް:

  1. 176 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނު ކުރާށެވެ.
  2. ކްރަސްޓް ތައްޔާރު ކުރުމަށްޓަކައި އިލްކެޓްރިކް މިކްސަރަކުން ހަކުރާއި ބަޓަރު ރަނގަޅަށް ގިރާށެވެ. ހަކުރު ރަނގަޅަށް ވިރި ކްރީމަށް ވުމުން އޭގެ ތެރެއަށް ފުށާއި ހަކުރު އަޅައިގެން މަޑުމަޑުން އެއްކުރާށެވެ. ފުށްގަނޑު ތަށްޓަކަށް ހުސްކުރމަށްފަހު މޮޑެ ފުށްގުޅައަކަށް ހަދާށެވެ. ދެން 9/13 އިންޗީގެ ޓްރޭއެއްގައި ބޯ މިނުގައި ބައި އިންޗި ހުންނަ ވަރަށް ފަތާ ކުރާށެވެ.
  3. ފަތާކޮށްފައި އިރުކޮޅަކު ބެހެއްޓުމަށްފަހު 15 މިނޓް ނުވަތަ 20 މިނިޓް ވަންދެން ފިހޭށެވެ. އަވަނުން ނަގައި ހިހޫ ވަންދެން ބަހައްޓާށެވެ. އަވަން ނުނިވައި ބަހައްޓާށެވެ.
  4. ފިލިންގ ތައްޔާރު ކުރުމަށްޓަކައި ބިހާއި، ހަކުރާއި، ލުނބޯތޮށްޓާއި، ލުނބޯ ހުތާއި، ފުށް ރަނގަޅަށް އެއްކުރާށެވެ. ކްރަސްޓް މައްޗަށް އެޅުމަށްފަހު ބައިގައިޑި އިރު ނުވަތަ 35 މިނިޓް ވަންދެން ފިހޭށެވެ. ދެން ހިހޫ ކުރަން ބަހައްޓާށެވެ.
  5. ހިހޫ ވުމުން ތިނެސްކަނަށް ނުވަތަ ހަތަރެސް ކޮށައި އޭގެ މައްޗަށް އައިސިން ޝުގަރ ކޮޅެއް ފުރާނާލާށެވެ.

  މި ރެސިޕީ ނަގާފައިވަނީ ބެއަރފުޓް ކޮންޓިސާ ކުކްބުކް އިން

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.