އާފަތިސް ރޯދަ ބަދިގެ: ޗޫރޯސް

ބޭނުންވާނެ ބާވަތްތައް:

½ ޖޯޑު ފެން

½ ޖޯޑު ކިރު (ހޯލް މިލްކް)

8 މޭޒުމަތީ ސަމުސާ ބަޓަރު (އަންސޯލްޓެޑް)

1 ސައިސަމުސާ ހަކުރު

1 ޖޯޑު ފުށް

4 ކުކުޅު ބިސް (ފިނިކޮށްފައި)

1 ސައިސަމުސާ ފޮނިތޮށި

ތެޔޮ (ތެލުލުމަށް)

ތައްޔާރުކުރާނެ ގޮތް:

އުނދުން މައްޗަށް ތެއްޔެއް އުދައި، ފެނާއި، ކިރު އަދި ބަޓަރާއި، ހަކުރު އަދި ލޮނު އެއްކުރުމަށްފަހު ދޭފަތަކުން ހަލުވަމުން ހޫނުމިން މެދުމިނުގައި ބަހައްޓައިގެން ކައްކާށެވެ.

ކެކެން ފެށުމާއެކު އުނދުންމަތިން ބާލައި ފުށް ޖޯޑު އަޅައިގެން ލަކުޑި ދޭފަތަކުން އެއްކުރާށެވެ. ރަނގަޅަށް އަކުވުމުން އަނެއްކާވެސް އުނދުން މައްޗަށް އުދާށެވެ. ދެ މިނެޓުވަރު ބެހެއްޓުމުން ފުށްގަނޑުން ތެތްކަން ފިލާނެއެވެ. ދޭފަތުން ހަލުވަމުން ފުށްގަނޑުން ބޯޅައެއް ހަދާށެވެ.

ދެން މިކްސިން ބޯލްއަކަށް ފުށްގަނޑު އެޅުމަށްފަހު އިލެކްޓްރިކް ބީޓަރަކުން ފުށްގަނޑު ރޫޅާލާށެވެ. ދެ މިނެޓު ނުވަތަ ތިން މިނެޓުވުމުން ފުށްގަނޑު ހިހޫވާނެއެވެ. ދެން ފަހަރަކު ބިހެއް ފުށާއި އެއްކުރާށެވެ. އެއްކުރާނީ ރަނގަޅަށް ފުށްގަނޑު އޮމާންވެ އެކުވަންދެނެވެ.

އެއަށްފަހު ތެޔޮ ހޫނުކުރާށެވެ.

ޕޭސްޓްރީ ބޭގަކަށް ނޮޒުލް ލެއްވުމަށްފަހު ބޭގަށް ފުށްގަނޑު އަޅާށެވެ. ބޭގުން ތެއްޔަށް ފުށްގަނޑު ޕައިޕުކުރާއިރު ފަސް އިންޗި ނުވަތަ ހަ އިންޗި ވަރަށް ޕައިޕުވުމުން ކަތުރަކުން ބުރިކުރަމުން ދާށެވެ. ދޮޅު މިނެޓުން ތެލުލެވޭނެއެވެ. ތެލުން ނަގައި ޓިޝޫ ނުވަތަ މަތީގައި ބެހެއްޓުމަށްފަހު އެއްކޮށްފައި ހުރި ފޮނިތަށްޓާއި ހަކުރުގެ ތެރެއަށް ޗޫރޯސް އަޅައި ބޭރުގައި ހަކުރު އުނގުޅާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.