ކޮވިޑް- 19: ދިވެހިރާއްޖޭގައި ތާށިވެފައި ތިބި އިންޑިޔާ މީހުން ގައުމަށް ގެންދިއުމުގެ ދަތުރުތައް ފަށައިފި

ކޮވިޑް- 19 ގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރު ހުއްޓާލާފައި ވާތީ، ދިވެހިރާއްޖޭގައި ތާށިވެފައި ތިބި އިންޑިޔާގެ 698 ރައްޔިތަކު ގައުމަށް އަނބުރާ ގެންގޮދިއުމުގެ ދަތުރު ފަށައިފިއެވެ.

އިންޑިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެމުން ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ބުނިގޮތުގައި 'އޮޕަރޭޝަން ސަމުދްރާ ސެތޫ' ގެ ދަށުން އެމީހުން އިންޑިޔާއަށް ދިއުމަށް މާލެއިން ފުރީ ރޭގެ ވަގުތެއްގައެވެ.

"އޮޕަރޭޝަން ސަމުދްރާ ސެތޫ. އައިއެންއެސް ޖަލަޝްވާ ވަނީ ރޭގެ ވަގުތެއްގައި ދިވެހިރާއްޖޭގެ މާލެއިން ފުރާފައި." ތަރުޖަމާނު ކުރި ޓުވީޓެއްގައި ވެއެވެ.

"އުފާވެރި ދަތަކަށް އެދެން!. އައިއެންއެސް ޖަލަޝްވަނީ އިންޑިޔާގެ 689 ރައްޔިތުންނާއެކު، ރޭ މާލޭ ބަނދަރުން ކޮޗިންއަށް ފުރާފައި." މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ކުރި ޓުވީޓެއްގައި ވެއެވެ.

ކަނޑުގެ ސިފައިންގެ ތަރުޖަމާނު ހާމަކުރި ގޮތުގައި ކަނޑުގެ ސަފައިންގެ މަނަވަރުގައި ފުރި މީހުންގެ ތެރޭގައި މާބަނޑު އަންހެނުންނާއި، ކުޑަކުދިންވެސް ހިމެނެއެވެ. ދަތުރު ހަމަޖެހިފައިވާ ގޮތުން އެ މަނަވަރަށް ކެރެލާގެ ކޮޗިންއަށް ދެވޭނީ މާދާމާ (މޭ 10) ގެ ވަގުތެއްގައެވެ.

ދިވެހިރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރު ވަނީ އިންޑިޔާގެ ކަނޑުގެ ސިފައިން އެހީތެރިކަމަށްޓަކައި ކަނޑުގެ ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެވަނަ މަނަވަރެއް އިންޑިޔާގެ 200 ރައްޔިތުންނާއެކު ތޫތުކުޑި (ޓުޓިކޮރިން)އަށް ދިއުމަށް އާދީއްތަ ދުވަހު މާލެއިން ފުރާނެއެވެ.

މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި، މި މަނަވަރުތަކުގައި އިންޑިޔާއަށް ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ސާވިސް ޗާޖެއްގެ ގޮތުގައި 45 އެމެރިކާ ޑޮލަރު ނަގާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.