ކޮވިޑަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލު ތިންމަސް ދުވަހަށް ބޭނުން ކުރަން ނިންމައިފިއެވެ.
މިރޭގެ ޕްރެސް ކޮންފަރެންސްގައި އެންއީ އޯސީގެ ތަރުޖަމާނު މަބްރޫކް ޢަބަދުލް ޢަޒީޒު ވިދާޅުވީ ސަރުކާރުން އެދިފައިވާ ގޮތަށް ޓްރީޓޮޕް ދޫކުރުމަށް އެ ހޮސްޕިޓަލުގެ ބޯރޑް ރެސޮލިއުޝަނެއް ފާސްކޮށްފައިވާކަމަށެވެ. ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވެއްޖެ ހިނދެއްގައި ތިން މަސް ދުވުހަށް ޓްރީޓޮޕް ބޭނުން ކުރުމަށް އެ ހޮސްޕިޓަލާއި ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރައްވައިފައިވާކަމަށެވެ. މި އެމްއޯޔޫގެ ދަށުން ޓްރީޓޮޕް ބޭނުން ކުރުމަށް ސަރުކާރުން މިހާރު ވަނީ އެދިފައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ކޮވިޑަށް ފަރުވާ ދިނުމަށް ޓްރީ ޓޮޕް ބޭނުން ކުރުމާ ގުޅޭ އިންތިޒާމުތައް އެ ހޮސްޕިޓަލުން ހަމަޖައްސަވަމުން ދާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ސަރުކާރުން ޓްރީޓޮޕް ބޭނުން ކުރަން ފެށުމުން އެތަނުގައި ތިބި ބަލި މީހުން ބަދަލުކުރެވޭނީ އައިޖީއެމްއެޗަށް ކަމަށް ވެސް މަބަރޫކް ވިދާޅުވިއެވެ. މިކަމާ ގުޅީގެން ޓްރީޓޮޕް ހޮސްޕިޓަލުން މާދަމާ ޚާއްޞަ ދެންނެވުމެއް އާއްމު ކުރައްވާނެކަށްމަށް މިރޭ މަބްރޫކް ވިދާޅުވިއެވެ.