ބައި ފުރަބަންދު އިތުރު އެއް ހަފުތާއަށް ދަންމައިލަނީ

ކޯވިޑް-19 ކޮންޓްރޯލު ކުރުމަށްޓަކައި މިހާރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފުތާއަކަށް ދިގުދަންމާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ބަލި ކޮންޓްރޯލު ވެފައިވީ ނަމަވެސް އަދި މުޅީން ދޫކޮށްލެވޭ ވަރެއް ނުވެއެވެ.

މިހާރު އޮތް ގޮތުން ހަވީރު 4 އިން ފެށިގެން ހެނދުނު 8 ޖަހަންދެން ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. 8 އިން ފެށިގެން 4 އާ ހަމައަށްވެސް ބޭރުގައި އުޅެވޭނީ އެކަމަށް ހުއްދައެއް ލިބިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.