މާލެއިން ކޮވިޑް-19 އަށް އިތުރު 95 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެއީ 61 ބަންގްލާދޭޝިންނާއި އިންޑިއާގެ 32 މީހުންނާއި ނޭޕާލު 2 މީހުންނެވެ. މި އަދަދާއެކު ރާއޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 396 އަށް އެރީއެވެ.
ރާއްޖޭގައި މިހައިތަނަށް ކޮވިޑް-19 އާއެކު މަރުވެފައި ވަނީ އެންމެ މީހެކެވެ. އެއީ ރޭގެ ވަގުތެއްގައި މަރުވީ އުމުރުން ދުވަސްވީ އަންހެނެކެވެ.
އޮކްސިޖަން ގުޅައިގެން އައިސީޔޫގައި ފަރުވާދެމުން ގެންދަނީ 5 މީހުންނަށެވެ. އެކަކުވެސް އަދި ވެންޓިލޭޓަރަކަށް ނުލައެވެ.