ކޮވިޑަށް ޕޮޒިޓިވް ވި މީހުން އިއްޔެ 60ން މަތީގައި ، މިއަދު 14 ގައި

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު އިއްޔެ 60 ން މަތީގައި ހުރިއިރު މިއަދުގެ ޢަދަދަކީ 14 އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދުވެސް ބަލިޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. ދިހަ ދިވެހިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ތިން ބަނގްލަދޭޝީންނާއި އިންޑިއާ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވް މީހުންނާއެކު މިހާތަނަށް ރާއްޖެިއިން ޖުމުލަ 2،913 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިހާރު ބަލި ޖެހިފައި ތިބީ 543 މީހުންނެވެ. މިހާތަނަށް 2،340 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. ބަލީގައި މަރުވެފައި ވަނީ 15 މީހުންނެވެ. ރާއްޖެއިން މިހާތަނަށް 65،799 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.