ތޭރަސަތޭކަ ސާމްޕަލްގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވީ 22 މީހުން

މިއަދު އިރުއޮއްސި ހަޔަކާއި ހަމައަށް ޓެސްޓްކުރި 1338 ސާމްޕަލްގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވީ 22 މީހުން ނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން މިއަދުގެ ޢަދަދުގައި ހިމެނެނީ 17 ދިވެހިންނާއި ފަސް ބިދޭސީންނެވެ. މިއަދު އަލަށް ބަލިޖެހުނު މީހުންގެ ތެރެއިން 18 މީހުންނަކީ  މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަތޮޅުތަކުން ޕޮޒިޓިވްވީ ހަތަރު މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 11232 އެވެ. ބަލިތަޙައްމަލު ކުރަމުންވަނީ 987 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 39 މީހުންނެވެ. އޭގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުން ދަނީ އެންމެ މީހަކަށެވެ. މިހާރު ބަލި މީހުން ތިބީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެކަންޏެވެ. އައިސޮލޭޝަންގައި ތިބީ 354 މީހުންނެވެ. ކޮވިޑްގައި 37 މީހަކު ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10201 އަރާފައެވެ.

މިހާރު 21 ރަށެއްގައި 75 މީހަކު ބަލި ތަޙައްމަލުކުރަމުން ދެއެވެ. މިހާރު 18 ރިސޯޓެއްގައި 16 ފަތުރުވެރިންނާއި 25 މުވައްޒިފުން ބަލި ތަޙައްމަލުކުރަމުން ދެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.