އާއްމު ހާލަތަށް ރުޖޫއަވާން މަދުވެގެން 3 މަސްދުވަސް ވަރު ނަގާނެ: ޑރ. އަފްޒަލް

ރާއްޖޭގައި ކޯވިޑް-19 ފެތުރެންފަށައި އެއްދެުވަހުން އަނެއް ދުވަހަށް ބަލި ޖެހޭ މީހުން ގިނަވަމުން ދާއިރު، އާއްމު ހާލަތަށް ރުޖުއަވާން މަދުވެގެން 3 މަސްދުވަސް ވަރު ނާގާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ މައުލޫމާތު ދެއްވުމަށް އެންއީއޯސީ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ސޫވެރިޔަކކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުްން ޑރ. އަފްޒަލް ވިދާޅުވީ ފަހި ނަޒަރަކުން ވިސްނާއިރުވެސް އާއްމު ހާލަތަށް ރުޖޫއަވާން އެންމެ މަދުވެގެން ތިން މަސް ދުވަސް ނަގާނެ ކަމަށެވެ.

ރާއްޖޭގައި ބަލި ފެތުރެން ފެށި ފަހުން މިއަދުގެ މިހާތަނަށް މި ބައްޔަށް ސަތާރަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ގައުމީ ދިފާއީ ބާރުގެ ބޭފުޅަކާއި ކުޑަ ކުއްޖަކާއި އެކި ކުންފުނިތަކުގައި މަސައްކަތްކުރާ ދިވެހިންނާއި ބޭރު މީހުން ހިމެނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.