ކުރިއަށް އޮތީ ކޯވިޑާ އެކުގައި ދިރިއުޅުން: ޑރ. އަފްޒަލް

ކުރިއަށް ދެން އޮތީ ކޯވިޑާ އެކު ދިރިއުޅުން ކަމަށާއި ނަފްސާނީ ގޮތުން އެކަމަށް ތައްޔާރުވުމަށް ޑރ. އަފްޒަލެ އެދިވަޑައިގެންފިއެވެ

މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު މާލެ ވަނީ ލޮކްޑައުންކުރެވިފައެވެ. ޑރ. އަފްޒަލް މިރޭ ވިދާޅުވީ އަބަދަކު ލޮކްޑައުންގެ ހާލަތުގައި ނުތިބެވޭނެ ކަމަށާއި ލޮކްޑައުން ނަގަންޖެހޭނެ ކަމަށެވެ، ޑރް. އަފްޒަލް ވިދާޅުވީ "ކުރިއަށް ދެން އޮތީ ކޯވިޑާއެކު ދިރިއުޅުން" ކަމަށެވެ، އެހެންކަމުން އެކަމަށް ހުރިހާ އެންމެން ނަފްސާނީ ގޮތުން ތައްޔާރުވުމަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން ކުރިން ދިރިއުޅެމުން އައި ގޮތަށް މީހުންނާ ބައްދަލުކުރުން މަދުކުރުމާއި އަލާމާތެއް ފެނިއްޖެނަމަ އެކަމަށް ހުށިޔާރުވެ ތިބުމަށް އެދިވަޑައިގެންނެވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ މިހާރު މިއޮތް ހާލަތު ބަދަލުވެ ގޭގައި ވެސް ކަރަންޓީނުކުރަން ޖެހިދާނެކަމަށެވެ. އެއީ ބަލި މީހުން އިތުރުވާ ވަރަކަށް މީހުން ބައިތިއްބާނެ މަރުކަޒުތައް ނުހުންނާނެތީ ކަމަށް ވިދާޅުވިއެވެ

އަދި ޕޮޒިޓިވް ވާ މީހުންނާ ދޭތެރޭ އިދިކީލި ވިސްނުން ނުގެންގުޅުމަށާއި އެހެން މީހުން ނިކަމެތިނުކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރު ވެސް މި ބަހައްޓާގޮތަށް ގައިދުރުމިން ބެހެއްޓުމާއި ސާފުތާހިރުކަން ދެމެހެއްޓުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މިއަދު ފެނުނ ކޭސްތަކުގެ ތަފްސީލު ވެސް މިރޭގެ ޕްރެސްގައި ހާމަކުރެއްވިއެވެ. އޭގެ ތެރެއިން ދެ މީހަކު ފިޔަވައި ދެން ތިބި މީހުން ގުޅިފައިވަނީ މިހާރު ހުރި ކްލަސްޓަރ ތަކާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. މިއަދު 12 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.