ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު ސެޕްޓެމްބަރ ހަޔަކަށް ދަމަހައްޓަން ނިންމަވައިފި

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ސެޕްޓެމްބަރ ހަޔަކަށް އިތުރަށް ދަމަހައްޓަން ނިންމަވައިފި އެވެ.

މިކަން އިޢްލާންކޮށް ނެރުއްވި ޤަރާރުގައި ވަނީ 12 މާޗްގައި އިޢްލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ސެޕްޓެމްބަރ ހަޔަކަށް އިތުރަަށް ދެމެހެއްޓީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށެވެ. ބަލީގެ  ނުރައްކާ ކުޑަކޮށް، އާއްމު ރައްޔިތުންގެ ޞިއްޙަތާއި ރައްޖާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ. ޢާާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އެންމެ ފަހުން އިތުރު ކުރި މުއްދަތު ހަމަވީ މިއަދުއެވެ.

ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް، ހެލްތް މިނިސްޓަރ އަންގަވާފައިވާކަމަށް ވެސް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިިޑްގެ ޙާލަތު ގޯސްވެ ދާދިި ފަހުން ވަނީ އެއް ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ. އެހެން ކަމުން ބަލި ކޮންޓްރޯލް ކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް މިހާރު ގެންދަނީ ތަންފީޒުކުރައްވަމުންނެވެ. އޭގެތެރޭގައި ރޭގަނޑު 10 އިން ފަތިހު ފަހަކަށް މާލެ ސަރަޙައްދުގައި ބޭރުގައި އުޅުމާއި އެއްގަމު އުޅަނދުފަހަރު  ދުއްވުން ވަނީ މަނާކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.