މިއަދުގެ ކޭސްތަކުގެ ތެރޭގައި ބީއެޗްއެމް، އިހުސާން ފިހާރަ އަދި ދިވެހި ވިއުގައިގެ މުއައްޒަފުން

މާލެއިން މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ބީ.އެޗް.އެމް، އިހުސާން ފިހާރަ އަދި ދިވެހި ވިއުގައިގެ މުއައްޒަފަކު ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޒިޓިވް ވި މީހުންގެ ތަފްސީލު ދެއްވަމުންނެވެ. މިއަދުގެ ކޭސްތަކުގެ ތެރެއިން 53ވަނަ ކޭހަކީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔައ މީހެކެވެ. މި މީހާއަކީ ބީ.އެޗް.އެމްގެ ޑެލިވަރީ މުއައްޒަފެކެވެ. މި މީހާއަކީ ދިވެއްސެކެވެ.

54ވަނަ ކޭހަކީ ބަލީގެ އަލާމާތްތައް ފެނިގެން މި މަހުގެ 18ވަނަ ދުވަހު ފްލޫ ކްލިނިކަށް ދިޔަ މީހެކެވެ. މި މީހާއަކީ ދިވެހި ވިއުގައިގެ މުއައްޒަފެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

5ވަނަ ކޭހަކީ އެކަހެރި މަރުކަޒެއްގައި ހުރި މީޙެކެވެ. އޭނާގެ ކިބައިން އަލާމާތް ނުފެންނަ ކަމަށާއި ނަމަވެސް އެކަހެރި ކުރެވުނީ ކޭސް 29 އާ ގުޅުން ހުރި ކޭހަކަށް ވާތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ހަމައެގޮތަށް ކޭސް 56ވަނަ ކޭހަކީ ވެސް ކުރިން ޕޮޒިޓިވް ވި ފަރާތަކާ ގުޅުން ހުރި ކަމަށް ފާހަގަކުރެވިގެން އެކަހެރި މަރުކަޒެއްގައި ބަހައްޓާފައި ހުރި މީހެކެވެ. އެ މީހާއަކީ ކޭސް 34 އާ ގުޅުން އޮތް މީހެކެވެ. 57ވަނަ ކޭހަކީ ވެސް ކޭސް 29އާ ގުޅުން ހުރި ކޭހެކެވެ. އެމީހާ ވެސް ހުރީ އެކަހެރި މަރުކަޒެއްގައެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި 58 ވަނަ ކޭހަކީ ބަލީގެ އަލާމާތްތައް ފެނިެގން މި މަހުގެ 19ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އަދި 59 އާއި 60 ވަނަ ކޭހަކީ އިހުސާން ފިހާރައިގައި މަސައްކަތް ކުރާ ދެ މީހުން ކަމަށް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.