ޓެސްޓްކުރި 14 ސަތޭކައަށް ވުރެގިނަ ސާމްޕަލުން މިއަދު ޕޮޒިޓިވްވީ 39 މީހުން

މިއަދުގެ އިރުއޮއްސި ހަޔަކާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް 19 އަށް ޓެސްޓްކުރި 1473 ސާމްޕަލުން ޕޮޒިޓިވްވީ 39 މީހުންނެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 11،932 އެކެވެ. 

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން، ކޯވިޑް- 19 އަށް ޕޮޒިޓިވްވި، މިއަދުގެ ޢަދަދުގައި ހިމެނެނީ 20 ދިވެހިންނާއި 19 ބިދޭސީންނެވެ. މިއަދުގެ ޢަދަދުގެ ތެރެއިން ހަތް މީހަކު ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 11041 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 845 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 54 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 212 މީހުންނެވެ. ކޯވިޑްގައި މިއަދު މަރުވި މީހާއާއެކު މިހާތަނަށް ކޯވިޑްގައި މަރުވި މީހުންގެ ޢަދަދު ވަނީ 39 އަކަށް އަރާފައެވެ. 

މިހާރު އަތޮޅުތަކުގެ 15 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 20 އެވެ. އެއީ 14 ބިދޭސީންނާއި ހަ ދިވެހިންނެވެ. ބިދޭސީންގެ ތެރޭގައި ބައެއް ގެސްޓް ހައުސްތަކުން ޕޮޒިޓްވެފައިވާ ފަތުރުވެރިން ވެސް ހިމެނެއެވެ. މިވަގުތު 28 ރިސޯޓެއްގައި 52 ފަތުރުވެރިންނާއި 120 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.